މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭ 10:00 ގެ ނިޔަލަށް މި ސަރަހައްދުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ވީމާ، މި ސަރަހައްދުގައި ދިރިއުޅޭ އެންމެން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން