ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން އިއުލާންކޮށްފައިވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު މިއަހަރުގެ ބަޖެޓުގައި ނުހިމެނުމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބަޖެޓް ކޮމިޓީން ނިންމައިފިއެވެ.
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ސަރުކާރުން ހިންގަން ރާވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. އަދި މިއަހަރު އެ މަސައްކަތް ފެށުމަށް ބަޖެޓްގައިވެސް ހިމަނާފައިވެއެވެ.
ނަމަވެސް ބަޖެޓް ދިރާސާކުރާ ކޮމެޓީން މިހާރު ވަނީ އެ މަޝްރޫއު ބަޖެޓުން އުނިކޮށްފައެވެ. އަދި އެ މަޝްރޫއުއަށް ހަމަޖައްސާފައި އޮތް ފައިސާ ވަނީ އެހެން މަޝްރޫއުތަކަށް ބަހާލާފައެވެ.
ބަޖެޓް ކޮމިޓީން ބުނާގޮތުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓުން އުނިކުރީ އެކަން ކުރަން ބޭނުންވާ ފައިސާ ހަމަޖައްސާފައި ނެތުމުންނެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ކޮމިޓީން ގެނައި ބައެއް ބަދަލުތަކާއެކު މިހާރު ބަޖެޓްގެ ޖުމްލައަކީ 49.8 ބިލިއަން ރުފިޔާއެވެ.
ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ނިންމާލާފައިވާއިރު، ދެން އޮންނާނީ މަޖިލީހުގެ ރައީސް ތަޅުމަށް ބަޖެޓް ގެންގޮސް ވޯޓަށް އެހުމެވެ.

ކިޔުންތެރިންގެ ހިޔާލު