އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ޚިދުމަތްދޭ އާރް.އޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ވީ.އެފް.ޑީ ވަނީ މިވަގުތު ހިތަދޫއަށް ގެންދެވިފައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން، މިހާރު ވީއެފްޑީ އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދީފައި ވެއެވެ.



އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދުކެނޑެން ދިމާވީ އާރްއޯ ޕްލާންޓްގެ ވީ.އެފް.ޑީ ޑްރައިވްއަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. މިރޭގެ ވަގުތެއްގައި އައްޑޫއަށް ފެނުގެ ޚިދުމަތް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ފެނަކައިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން