މާޝާ މިދުހަތު   24 ޖުލައި 2020 - 12:54
ހަފްތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯއެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އެންމެ އުތުރުން ހއ އަތޮޅުން ފެށިގެން ދ އަތޮޅާއި އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފައެވެ. މާލެއަށްވެސް އިއްޔެ ހަވީރުން ފެށިގެން ދޭތެރެ ދޭތެރެއިން ބޯކޮށްވާރޭވެހި މޫސުން އޮތީ ވަރަށް ބަނަކޮށްވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދާއި މާދަމާވެސް ޔެލޯ އެލާޓް ނެރެފައިވާ އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރެވޭހި ގުގުރާނެކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ މިއަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 23 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. މޫސުން ގޯސްވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތުވެސް ބޮޑުކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ރާއްޖެއަށް މިހާރު މިކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން