ކޮރަޕްޝަންގެ މައްސަލަތަށް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުރަމުންދާ މަސައްކަތަކީ ބޭކާރު މަސައްކަތް ތަކަކަށްވެސްވުން އެކަށީގެންވާކަމުގައި އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެކުލަވާލި ކޮމިޝަންވެސް ފެއިލްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ކޮރަޕްޝަންގެ މައްސަލަތަށް ބެލާ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވީ ކޮމިޝަނުން ކުރަމުންދަނީ ބޭކާރު ޚަރަދަކަށްވެސްވުން އެކަށީގެންވާކަމަށެވެ.
ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތްތައް ނުކުރެވިފައި ވުމުން މިހާލަތުގައި އެންމެ ރަނގަޅުގޮތަކީ ދައުލަތަށް ޚަރަދުކުޑަކުރުމަށްވެސް، މި ކޮމިޝަންތައް އުވާލުންކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
އައްސަދު ވިދާޅުވީ ކޮމިޝަންގެ މަސައްކަތާއި ގުޅޭގޮތުންނާއި، ކޮމިޝަނުން ކުރަމުންދާ ޚަރަދުތަކަކީ ބޭކާރު ޚަރަދުތަކެއްކަމަށް މަޖިލީހަށްވެސް އަދި އެހެން ފަރާތަކަށްވެސް ބުނުމުގެ އިޚްތިޔާރު އަދި ނެތްކަމަށެވެ. ނަމަވެސް މަސައްކަތް ވަރަށްބޮޑަށް ލަސްވެ އެކަށީގެންވާ ބާރުސްޕީޑެއްގައި ނުކުރެވޭކަމަށް އެއްބަސްވެ ވަޑައިގެން އައްސަދުވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ.
"އަޅުގަނޑުމެން މިކުރަނީ ބޭކާރު ޚަރަދަކަށްވެސް ވެދާނެ. ބޭކާރުނޫން ޚަރަދަކަށްވެސް ވެދާނެ. ކަންތައްތައް ހުރީ އެންމެ ރަނގަޅަށްނަމަ އަޅުގަނޑުމެނަށް މިކަންތައް ކުރަން ނުޖެހުނީވެސް. މުވައްސަސާތަކުން ކަންތައްކުރަނީ އެންމެ ރަނގަޅަށްނަމަ އަޅުގަނޑުމެން އަންނާކަށްވެސް ނުޖެހުނީސް. އަޅުގަނޑުމެން އަންނަން ޖެހުނީވެސް މުވައްސާތަކުން ކަންކުރަމުންދިޔަގޮތް ކަމުނުގޮސްގެން. އަޅުގަނޑުމެން ނިންމާލާއިރު އެކަމަށް ހެޔޮބަލަދެއް އައިސްފައިނެތްނަމަ މަޖިލީހުންވެސް އެހެން ފަރާތަކުންވެސް ނިންމަވާށޭ، ރަނގަޅެއްނޫނޭ އަޅުގަނޑުމެން މިކުރި މަސައްކަތާއި ކުރި ހޭދައަކީ ބޭކާރު އެއްޗެކޭ." އައްސަދު ވިދާޅުވިއެވެ.
ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ މިހާތަނަށް ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގެ މައްސަލަބަލައި ރިޕޯޓެއްވެސް އެކުލަވާލާފައެވެ. އަދިވެސް އެތަހުގީގު ކުރިއަށްދާއިރު އެކަމުގައި މިސަރުކާރުގެ ބޭފުޅުންވެސް ހިމެނޭފަދަ މޭރުމަކުން އައްސަދުވަނީ އިއްޔެ ވާކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު