ރައީސް އޮފީހުގެ ތަރުޖަމާނެއް ހުންނަން ޤާނޫނުން ލާޒިމް ނުކުރާ ކަމަށް ބުނެ އެކަމަށް ފާޑުކިޔަމުންދާ ފަރާތްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުކެ އޮފިޝަލް ކެމްޕޭން އެކްސް ހެންޑްލްގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ރައްދުދީދިއެވެ.

ޓީމް މުޢިއްޒުގެ ނަމުގައި ހިންގާ މި އެކައުންޓުން މިކަމަށް ރައްދު ދިނީ މިހާތަނަށް ރައީސް އޮފީހަށް ތަރުޖަމާނެއް ހަމަނުޖައްސާތީ ބައެއް މީޑިއާތަކުންނާއި ބައެއް އާންމުން ސަރުކާރަށް ފާޑުކިޔަމުންދާތީއެވެ.

ޓީމު މުޢިއްޒުން ބުނީ ތަރުޖަމާނެއް ނެތަކަސް ނޫސްވެރިން ބޭނުންވާ ހުރިހާ މަޢުލޫމާތު ސަރުކާރުގެ ހުރިހާ އިދާރާއަކުން މިދިޔަ 21 ދުވަހު ދީފައިވާ ކަމަށެވެ. އަދި ސަރުކާރުން މަޢުލޫމާތެއް ހިފަހައްޓާފައިނުވާތީ ގަދަބާރުން އެ ހޯދަން އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށާ ކޯޓުތަކަށް ނޫސްވެރިން ދުވަން ނުޖެހޭ ކަމަށްވެސް ޓީމް މުޢިއްޒުގެ ފަރާތުން ފާހަގަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން