މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުހޯދުނުކަމަށްބުނެ އެމްޑީޕީގެ އާންމު މެމްބަރުންގެ ތެރެއިން ބަަޔަކު މިއަދު މުޒާހަރާ ކުރަން ނިންމައިފިއެވެ.

އެމްޑީޕީގެ އާންމު މެމްބަރުންގެ ތެރެއިން އެޕާޓީ އުފެއްދުމުގައިވެސް އިސްކޮށް ހަރާކާތްތެރިވި މެމްބަރުންތަކެއް އިސްނަގައިގެން މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސިލްސިލާ މިމުޒާހަރާތަކަކީ އެމްޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެކަމަށް ވެފައިވާ ވައުދު ނުފުއްދި ގިނަ ދުވަސްވާތީ އެކަމާއި ކަންބޮޑުވެގެން ބާއްވާ އެއްވުންތަކެކެވެ.



އެޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި މިވަގުތުވެސް ހުރި އެކްޓިވިސްޓަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ހަވީރު 4:30 ގައި ކާނިވާ ސަރަހައްދުގައި އޮންނަ އިހުތިޖާޖާޖަކީ ސުލްހަވެރި އިހުތިޖާޖެއްކަމަށެވެ. މި އިހުތިޖާޖަކީ މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބި ލަސްވަމުންދާތީއާއި އެކަމުގައި އަމަލުކުރާނެ ގޮތެއްވެސް އެގިފައި ނުވާތީ އެކަން ސާފުކުރުމަށް ބާއްވާ އިހުތިޖާޖެއްކަމަށެވެ.

"މިއަދު ހަވީރު 4:30 ކާނިވާ ސަރަހައްދުގައި މާލެ ރައްޔިތުންނަށް ގޯތި ނުލިބިގެން ކުރާ އިހުތިޖާޖު އޮންނާނެ. މާލެ 10 ސަރަހައްދަކަށް ހަރަކާތް ފުޅާކުރެވޭނެ. މާލެ ރައްޔިތުން ގޯތި ހޯދަން ޤާނޫނު އަސާސީން ލިބޭ ހިޔާލުފާޅުކުރުމާއި، އިހުތިޖާޖު ކުރުމުގެ ހައްގުގެ އެންމެ ފުޅާމިނުން ބޭނުން." އެމްޑީޕީގެ އެކްޓިވިސްޓަކު ކުރި ޓްވީޓެއްގައިވެއެވެ.

މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދި ލަސްވަމުންދާތީ އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންވެސް ގެންދަަވަނީ ޕާޓީއަށާއި، ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ވެރިކަމަށް އައުމަށް އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ މަތީން މިއަދު ހަނދާން ނެތިފައިވާކަމަށްބުނެ، އެމްޑީޕީ އުފެއްދުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އެމްޑީޕީން ވެފައިވާ ވައުދުތައް ޓުވީޓްކޮށް ތަކުރާރުކޮށް ފާޑުވިދާޅުވަމުންދާ ޝުއައިބް ވަނީ، ވައުދާއި ހުވާކޮށް، އެވައުދުތަކުގެ މަތީން މިއަދު ހަނދާނެތިފައިވާކަމަށް ވިދާޅުވެ އެލަވަ ޓްވިޓާގައި ހިއްސާކުރައްވާފައެވެ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހުއްޓުމެއްނެތި ވަކާލާތު ކުރައްވާ ޝުއައިބު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެމްޑީޕީން ތަކުރާރުކޮށް ރައްޔިތުންނަށް ވަމުންދާ ވައުދެއްކަމަށެވެ.

ޝުއައިބަކީ އެމްޑީޕީ އުފެއްދުމުގައި ރައީސް ނަޝީދާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނާއިއެކު ވަރަށްބުރަ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމްޑީޕީގެ ޅަފަތުން ފެށިގެން އިސް ހަރަކާތްތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެން ޖަލުގެ ގޮޅިތަކުގެ ތަޖުރިބާތައްވެސް ކުރައްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޙަނދު

25-Jul-2020

ތަމެން އާދެބަލަ މަމެން ރަށަށް. ގޯތި ދީފާނަން.


-10

މޯޑް

25-Jul-2020

ތޭ ތެޕާޓީން ރާވަގެން ހީލައްތެރި ކަމާއެކީ ކެރާ މުޒާހަރާ.


10

ސަޖޯ

25-Jul-2020

ތި މީހުނަށް ގައިދުރުކަންވެސް ބޭނުމެއް ނުވޭތަ ޕޮލިސް ތިއެންމެން ގެންގޮސް ބުރަކަށީގަ ސްޓިކާޖަހާ ބަލަ


0

މުގައްދަރު ކާ ސިކަންދަރު

24-Jul-2020

މައްސަލައަކީ ތިއީ އެމްޑީއައް ފާޑުކިޔައި މުޒާހަރާ ކޮއް އަޑުގަދަކޮއްހަފ؛ދަންވީވެސް އެޕާޓީގެމެން ބަރުން އެހެންބަޔަކުއެހެން ޕާޓީތަކުން ކިތައްމެ ދައްޗެއްވިޔަސް އުންދަގުލެއްވިޔަސް އެއްޗެއްބުނެގެން ނުވާނެ ސަރުކާދެކޮޅައްވެސް އެއްކޮޅައްވެސް ބުނަންމިޖިހެނީ ހަމަ އެމީހުން



ޓްރެންޑިން