މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ޙައްލެއް ތަންފީޒުކުރަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އެންމެހާ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އަރިސްކުރައްވަމުންނެވެ.

ގާސިމް ވިދާޅުވީ ދިވެހިސަރުކާރާއި، މަސްވެރިކަމުގެ ސިނާޢަތް ބަލަހައްޓަވާ ވަޒީރާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނާއި، ޤައުމުގެ އެންމެހާ ސިޔާސީ އިސް ވެރީން މިއަދު ޢަޒުމު ކަނޑައަޅަންވީ ދިވެހީންގެ ފުދުންތެރިކަން އިތުރުކޮށް އިޤްތިޞާދު ހަރުދަނާކޮށް ދެމެހެއްްޓުމަށް ކަމަށެވެ. އަދި ދިވެހީންގެ އިޤްތިޞާދުގެ އެއް ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތު ދިރުވައި އާލާކޮށް، ސިނާާޢަތަށް ދިމާވެފައިވާ ހަޤީޤީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ޤައުމީ ވިސްނުމެެއްގައި މަސައްކަތް ފަށައި އެކަން ތަންފީޒު ކުރުން އަވަސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.



މި ފުރުޞަތުގައި ގާސިމް ވަނީ ދިވެހި ހީވާގި މަސްވެރިންނާއި، ވިސްނުންތެރި އޮޑިވެރިން ސިނާޢަތް ދެމެހެއްްޓުމަށް ކުރަމުންދާ ބުރަ މަސައްކަތަށް ސާބަސް ދެއްވާފައެވެ. އަދި ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ފަހި ދުވަސްތަކަކަށް ގާސިމް އެދިވަޑައިގެންފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން