ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތައް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހައުސިންގ މިނިސްޓްރީގެ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސްދީފިއެވެ.
އޭސީސީން މިކަން އެންގީ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ. "އެކްސެސް ދިނުމާ އެކު، މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލައި ފުރިހަމަކުރުމަށް ކުރަން ޖެހޭ ކަންކަން ފެށިގެން ކުރިއަށް އެބަދެ އެވެ،" އެ މެސެޖުގައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް ހުރަސް ނޭޅޭނެ ގޮތަކަށް އިތުރު ތަފްސީލުތައް މައްސަލަ ކުރިއަށްގެންދާ ވަރަކުން ހާމަކުރަމުންދާނެ ކަމަށްވެސް އޭސީސީން ބުނެފައި ވެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ބިނާކުރަންފެށި ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ މީހުންނަށްވެސް އުސޫލުން ބޭރުން ޕޮއިންޓް ދީފައިވާ ކަމުގެ މައްސަލައެއް ހުށަހެޅުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައެވެ. މި މައްސަލާގައި މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް އޭސީސީގެ މެމްބަރުން ވަނީ ހާޒިރުކޮށްފައެވެ. ކޮމިޓީގައި ވާހަކަ ދައްކަމުން އޭސީސީން ބުނީ މި މައްސަލައިގެ ތަހުގީގު ލަސްވަނީ މިނިސްޓްރީން އޭސީސީއަށް ގެދޮރުވެރިޔާ ޕޯޓަލްގެ ފުރިހަމަ އެކްސެސް ނުލިބޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު