އެޑިއުކެޝަން މިނިސްޓަރ ސްކޫލުތަކަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން، ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކެޝަން މިނިސްޓަރ ސްކޫލުތަކަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން، ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
މާލޭ ސިޓީގެ ސްކޫލްތަކުގެ ކީ-ސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަކާއި 8 ގެ ކިޔެވުން އަންނަމަހު 16 ގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މާލޭ ސިޓީގެ ސްކޫލުތަކުގައި ކީ-ސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަދި 8 ގެ ކިޔެވުން ފެށުމަށް ނިންމީ، ރާއްޖޭގައި ކޯވިޑް-19ގެ މިހާރުގެ ޙާލަތަށް ބަލާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ލަފަޔާއެކު ކަމަށެވެ. އަދި ގްރޭޑް 7 އާއި 8 ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލުތަކުގައި 16 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 12 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، މި މަހުގެ އެއްވަނަ ދުވަހު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ. އެކަމަކު، އެ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކިޔަވައި ދެމުން އަންނަނީ ގްރޭޑް 9 އިން 12 އަށެވެ. އެހެން ގްރޭޑްތަކަށް ކިޔަވައިދެނީ އޮންލައިން ކޮށެވެ. މާލެ ސަރަހައްދުގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދާތީ ހުރިހާ ގްރޭޑްތަކަކަށް ކިޔަވައިދޭކަށް ނުފަށައެވެ. އެޑިއުކޭޝަން މިނިސްޓްރީން ކިޔަވައިދޭ ގްރޭޑްތައް ނިންމަނީ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭގެ ލަފާގެ މަތިންނެވެ.

މާލޭ ސިޓީގެ ސްކޫލުތަކުގައި އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ފެށުމަށް މިވަގުތު ނުރައްކަލެއް ނެތްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވެސް ދާދިފަހުން ވަނީ ބުނެފައެވެ. އެގޮތުން ސްކޫލްތަކުގެ ތެރޭގައި ކޯވިޑް-19 ފެތުރުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމަށް ސްކޫލުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަން އެޗް.އީ.އޯ.ސީން ވަނީ ފާހަގަކޮށްފައެވެ. އަދި މިވަގުތު ރާއްޖޭގެ އެއްވެސް ސްކޫލެއްގެ ތެރޭގައި ކޯވިޑް-19 ފެތުރެމުން ނުދާކަމުގެ ޔަޤީންކަން އެސެންޓަރުން ވަނީ ދީފައެވެ.

ގައިދުރުކަން ބެހެއްޓުމަށްޓަކައި މީގެ ކުރިން 30 އާއި 32 ދަރިވަރުން ތިބި ކްލާސް ރޫމުތައް ވެސް ވަނީ 15 ދަރިވަރުންނަށް މަދުކޮށްފަ އެވެ. ދަރިވަރުން ސްކޫލަށް ވައްދަމުން އަންނަނީ ވެސް ގޭޓު ކައިރިން ހުން ބެލުމަށް ފަހުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން