އައިޖީއެމް ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ، ބަންދުގައި ހުރި ބިދޭސީއަކު ރޭގައި ނިޔާވެއްޖެއެވެ.

ކަރެކްޝަނުން ބުނީ ނިޔާވެފައިވަނީ ދިގު މުއްދަތަކަށް ކެންސަރަށް ފަރުވާ ހޯދަމުން އައި އީރާންގެ ރައްޔިތެއްކަމަށްވާ ރަހުމަތުﷲ (49 އަހަރު) ކަމަށެވެ. އޭނާ ނިޔާވެފައިވަނީ ރޭ 11:49 ގައިކަމަށް ކަރެކްޝަން އިން ބުނެފައިވެއެވެ.

މީނާ އަކީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ މީހެކެވެ.

ރަހުމަތުﷲ ނިޔާވުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައި ކަމަށް ކަރެކްޝަންސްއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން