ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވައި އެޕާޓީ އާއި ރަސްމީކޮށް މިރޭ ގުޅިވަޑައިގެންފި އެވެ.

ރައީސް ޔާމީން ޕީއެންއެފަށް ސޮއިކުރެއްވީ މިރޭ ޕީއެންއެފްގެ އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމަނިކުފާނު އިސްވެ އުފައްދަވާ އެޕާޓީ އަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

ޕީއެންއެފް އަށް ސޮއިކުރެއްވުމަށްފަހު ރައީސް ޔާމިން މިރޭ ވަނީ ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ޕީއެންއެފުން މިހާރު ދަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެެވެ. ޕީއެންއެފްގެ މުވައްސިސަކީ ރައީސް ޔާމިންގެ ދަރިކަލުން ޒޭން އަބުދު ﷲ ޔާމިންއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން