އެޓޯލްސް މިނިސްޓްރީއެއް ހެދުމުގެ ނަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން ބަލަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.

ރޭ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި، ރައީސް މުއިއްޒުގެ ސަރުކާރުން އަލަށް އުފައްދާފައިވާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެޓޯލްސް މިނިސްޓްރީގެ މެންޑޭޓުގައި ހިމަނާފައިވާ ކަންކަން ބަލަންޖެހޭކަމަށެވެ. އެގޮތުން ގާނޫނު އެކި އެކި ގޮތް ގޮތަށް މާނަކޮށްގެން ނަމަވެސް ކައުންސިލުތަކުގެ ބާރު ނެގޭނެ އެއްވެސް އަކުރެއް ފިއްޔަކާހެދިވެސް އެކަން ނުވާނެ ގޮތަކަށް ކަންކަން ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ތަސައްވަރުގައި މާލެއަށް ދާއިމީ ހައްލެއް ލިބޭނީ ރާއްޖޭގެ އެހެނިހެން ސަރަހައްދުތައްވެސް ތަރައްގީކުރެވިގެންކަމަށެވެ. ރާއްޖެ ތަރައްގީ ކުރެވޭނީ ދިވެހި ރައްޔިތުން މަޖުބޫރުވެގެން މާލެ އަންނަން ނުޖެހޭ ނިޒާމެއް ބައްޓަންކޮށްގެން ކަމަށާއި އެ ވިސްނުމާއި ފިކުރު ހުރީ ހަމައެކަނި އެމްޑީޕީގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން