ޤައިދީންނަށް އާންމު މެންބަރުންގެ ގޮތުން ސިޔާސީ ޕާޓީތަކާ ގުޅުމަށް ހުރަހެއް ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ރިޝްވަތާ މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)އަށް ރޭ ވަނީ ސޮއިކުރައްވާފައެވެ. ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި، އެ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ރައީސް ޔާމިން ވަނީ އެ ފޯމް ޕާޓީ އުފެެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ސައިންސް މިނިސްޓަރު މަލީހް ޖަމާލްއާއި ހަވާލުކުރައްވާފައެވެ.

އެކަމާ ގުޅިގެން ކަރެކްޝަން ސާވިސް އިން ބުނީ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ޤައިދީންނަށް އާންމު މެންބަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކާ ގުޅުމަށް ހުރަހެއް ނެތްކަމަށެވެ.

ރައީސް ޔާމިން ޕީއެންއެފްގެ އޮފީހަށް ވަޑައިގެން އެ ޕާޓީއަށް ސޮއިކުރެެއްވީ ސިޔާސީ މަސައްކަތުގައި އުޅުއްވާތީ ކަރެކްޝަނަލް ސާވިސްއިން އިންޒާރު ދީފައިވަނިކޮށެވެ. އެގޮތުން މީގެ ކުރިން ޕީއެންއެފްގެ އޮފީހަށް ރައީސް ޔާމިން ވަޑައިގަތުމުން ސިޔާސީ ހަރާކަތްތަކުގައި ބައިވެރިނުވުމަށް އަންގައި ކަރެކްޝަނުން ވަނީ އެމަނިކުފާނަށް އިންޒާރު ވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން