އެމްއެމްއޭއިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުންނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެގޮތަށް އެންގީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ އެކު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ ހުއްދަ 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ދީފައެވެ. އެގޮތުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން ހުއްދަ އޭގެފަހުން ދެ ފަހަރެއްގެ މަތިން އިތުރުކުރުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ކޮވިޑަށްފަހު ރާއްޖޭގެ އިގުތިސާދު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ގާނޫނު ސަސްޕެންޑުކޮށްފައި ބާއްވާނެ ހާލަތެއް މިހާރު ނެތް ކަމަށް ޝަފީގު ވިދާޅުވިއެވެ. އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ކަމާގުޅޭ މާއްދާތައް ސަސްޕެންޑުކޮށްފައި އޮތް އޮތުން އަންނަ އަހަރުން ފެށިގެން ނިމުމަކަށް ގެނެސްދިނުމަށް މާލީ ވަޒީރު ޝަފީގު އެދިވަޑއިގެންފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން