ކުޅުދުއްދުށީ ގެއަކަށް ފެންވަންނާތީ ވެލިބަސްތާ ޖަހާފައި، ފޮޓޯ:އެމްއެންޑީއެފް
ކުޅުދުއްދުށީ ގެއަކަށް ފެންވަންނާތީ ވެލިބަސްތާ ޖަހާފައި، ފޮޓޯ:އެމްއެންޑީއެފް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހދ.ކުޅުއްފުށްޓަށް ބޯކޮށްވާރޭވެހި ރަށުގައި ފެންބޮޑުވުމުން ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކުޅުދުއްފުއްޓަށް ބޯކޮށް ބާރޭވެހި ފެންބޮޑުވުމުން ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދާން އޭރިޔާގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ. މިހާތަނަށް 4 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް އެފަރާތުން ބުނެފައި ވެއެވެ.

"ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި، ހދ.ކުޅުދުއްފުއްޓަށް ބޯކޮށްވާރޭވެހި ރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވެ އަދި ބައެއް ގެތަކަށް ފެންވަނުމާއި ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިޔާގެ ސިފައިން ފެންހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދަނީ. ހަތަރުގެއަކަށް ފެންވަދެ ސިފައިން ވަނީ ހަރަކާތްތެރިވަމުން" އެމްއެންޑީއެފުން ވިދާޅުވެއެވެ.

ހަފުތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ހެނދުނު މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ޔެލޯއެލާޓް ނެރެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އެންމެ އުތުރުން ހއ އަތޮޅުން ފެށިގެން ދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފައެވެ.

މެޓް އޮފީހުން ވަނީ މިއަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 23 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. މޫސުން ގޯސްވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތުވެސް ބޮޑުކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން