ރަށްރަށުގައި މިސްކިތް އަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރަށްތަކާއި ސިޓީތަކުގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަކު، ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަންބޭނުން ނަމަ ބިން ހަމަޖައްސައި ދިނުނާއި އެނޫން އިދާރީ ފަސޭހަތައް ހަމަ ޖައްސައިދޭން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

raSq

މީގެ އިތުރަށްވެސް، ދެމިހުރި ޞަދަޤާތެއްގެ ގޮތުގައި ވަޤުފު އިމާރާތް އަޅަން ބޭނުންވާ ފަރާތްތަކަށް، ރަށު ވަޤުފު، އަތޮޅު/ ސިޓީ ވަޤުފު ޤާއިމުކުރުމުގެ ފުރުޞަތު ހުޅުވައިލާއިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. މި ވަޤުފުތަކަކީ ރަށާއި އަތޮޅުތަކުގެ އިސްލާމީ ކަންކަމަށް ޚާއްޞަކުރެވޭނެ ވަޤުފުތައް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން