އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ. ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފިއެވެ.

ލ. ފޮނަދޫއަށް ނިސްބަތްވާ އަދުރޭ ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ތާއީދަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.



މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސްގެ ސްޕެޝަލް އެޑްވައިޒަރަކަށް ޢައްޔަންކުރެއްވި އަދުރޭ އަކީ މީގެކުރިން ވެސް މަޖިލީހުގައި ފޮނަދޫ ދާއިރާގެ ގޮނޑި ތަމްސީލުކުރެއްވި ބޭފުޅެކެވެ. 2019 ވަނަ އަހަރުގައި އެ ގޮނޑިއަށް ވާދަކުރެއްވިނަމަވެސް އެ އަހަރުގެ އިންތިޚާބުގައި އަދުރޭ އަށް ގޮނޑި ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން