އޯލެވެލްގެ މަޖުބޫރު މާއްދާތައްކަމަށްވާ، އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާއަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަރީފް ސޮއިކުރައްވައި، ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ބުނީ ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާކަމަށްވާ އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސީގައި ބައިވެރިވާން ޖެހޭނެކަމަށެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކައިދޭނީ ސަރުކާރުން ކަމަށްވެސް ސަރކިއުލަރގައިވެއެވެ.

މީގެ ކުރިން ސަރުކާރުން ފައިސާ ދައްކަނީ އޯލެވެލްގެ ކުރިން އޮންނަ މޮކް އެގްޒާމުގައި ކުދިން ފާސްވާ މާއްދާތަކަށް އެކަންޏެވެ. އަދި މަޖުބޫރު މާއްދާތަކުންވެސް ފާސް ނުވެއްޖެނަމަ އޯލެވެލް އިމްތިހާނުގައި ފައިސާ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލައަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސާރކިއުލަރގައިވާގޮތުން މަޖުބޫރު ހަތަރު މާއްދާ ހިމެނޭ ގޮތަށް ޖުމްލަ ފަސް މާއްދާގައި ދަރިވަރުން ބައިވެރިވާން ވާނެއެވެ.

އެ ބަދަލު ގެނައުމަށް ނިންމީ ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާ ދަރިވަރަކަށް ހެދުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން