އިލްޔާސް ލަބީބް، ޑރ.މުއިއްޒު، ފޮޓޯ:ރަސް އޮންލައިން
އިލްޔާސް ލަބީބް، ޑރ.މުއިއްޒު، ފޮޓޯ:ރަސް އޮންލައިން
ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަޒީރުކަން ގެއްލުނުފަހުން ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި ހުޅުމާލެއިންނާއި، މާލެއިން ތަނަވަސްކަމާއިއެކު ގެދޮރުވެރިކަމަށް ފައިސާ ހޯދާގޮތެއް ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ސިފައިންނާއި، ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް 2013 ވަނަ އަހަރު މަސައްކަތްފެށި 600 ފްލެޓް ނުނިމި ލަސްވާ މައްސަލާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އިލިޔާސް ލަބީބު ވިދާޅުވީ ފައިސާއާއި ތަނަވަސް ކަމަކީ މީހާގެ މަޤާމާއި، ކުރާ މަސައްކަތުން ލިބޭ އެއްޗެއްކަމަށެވެ. ނަމަވެސް މިއަދު އެއްވެސް މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ތިއްބެވި ބޭފުޅުންނަށްވެސް ބޮޑެތި ރޯހައުސް ލިބި، ގެތަށް ބުރިބުރިއަށް އަރަމުންދާތަން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

ސަލާމަތީ ބާރުތަކުގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހުޅުމާލޭގައި އަޅަމުންދާ ފްލެޓް ތަކުގެ މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިލިޔާސް ވިދާޅުވީ މިމަސައްކަތްކުރި ނޫމަޑީގެ އެއްބަސްވުން، ވެރިކަމާއި ހަވާލުވެ ވަޑައިގެން ބާތިލު ކުރެއްވީ މުއިއްޒުކަމަށެވެ. އަދި ބާތިލް ކުރުމަށްފަހު ކޯޓަށް ވަޑައިގެން ބާތިލް ކުރެއްވުނީ ގާނޫނާއި ޚިލާފަށްކަމަށް ވިދާޅުވެ ބޮޑު ޖަރީމާއެއް ހިންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް އަޅުގަނޑު މިދަންނަވަނީ މުއިއްޒު މިނިސްޓަރުކަމަށް އައިސްފަ ރަނގަޅަށް ހިނގަހިނގާހުރި މަސައްކަތްތައް ހުއްޓުވާލާފަ. ކޮންޓްރެކްޓްތައް ކެންސްލްކޮށްފަ، ކޯޓަށް ގޮސް ބުނީ ތިމަންނަ ކޮންޓްރެކްޓް ކެންސަލްކުރީ ގޯސްކޮށޭ. ބަޔަކު ބުނެގެންވެސްނޫން. އަމިއްލަޔަށް ގޮސް މުއިއްޒު އެކަންކުރީ." ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވިއެވެ.

މުއިއްޒު އަށް ބޮޑެތި ތުހުތަތުތަކެއް ކުރައްވަމުން އިލިޔާސް ވިދާޅުވީ މިއަދު ތަނަވަސްކަމާއި ފައިސާ ހޯދަމުންދާގޮތް ބަލަންޖެހޭކަމަށެވެ. މާލޭގައި ހުންނަ ގެ، 15 ބުރިއަށް ނަގައި، ހުޅުމާލެއިން ރޯހައުސްއެއް 5 މިލިޔަން ރުފިޔާ ދައްކާފައިވާ ނެގުމަކީ ބަލަންޖެހޭކަމެއްކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވެއްޖެ މުއްއިއްޒު ވަޒީރުކަން ނިމުނުފަހުން ހުޅުމާލެއިން 5 މިލިޔަން ރުފިޔާގެ ބޮޑު ރޯހައުސްއެއް ގަނެފައިވާ ކަމަށް. ކޮންތާކުން ހޯދި ލާރިއެއްތޯ؟ މާލޭގައި ހުރި ގެ ލޯނުނަގައިގެން 15 ބުރިއަށް 14 ބުރިއަށް ހަދާއެބަ. ކޮންތާކުންތޯ ލާރިނެގީ. މިމައްސަލަ ބަލާ މިހާރުވެސް ތަހުޤީގު ކުރަންޖެހޭ. ސީދާ ރިޝްވަތު ނަގައިގެން މިނިސްޓަރުކަމުގައި ހުންނަވައިގެން މިހުރިހާ ކަމެއްކުރީ" ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވިއެވެ.

ސިފައިންނާއި، ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް 2013 ވަނަ އަހަރު ފެށި މަޝްރޫޢުއަކީ 24 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މަޝްރޫޢުއެކެވެ. މިހާތަނަށް 85 މަސްވެގެން ދިޔައިރުވެސް މަސައްކަތް އަދިވެސް ނިމިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޟާމިރު އަލީ

26-Jul-2020

އިލްޔާސޫ ތިކަހަލަ ވާހަކަދެއްކީމާ ދޭހަވަނީ ތިބާގެ ޖާހިލުކަން. ޑރ.މުއިއްޒު އަކީ ޝައިޚު ޙުސައިން ޢަބްދުއްރަހުމާންގެ ހުރި ހަމައެކަނި ދަރިކަލުން ކަމާއި ބައްޕަގެ ތަނަވަސްކަމާއި ގޯތި ގެދޮރު ހަމައެކަނި ވާރުތަވީ މުއިއްޒުއަށް ކަމާއި މުއިއްޒުއަކީ ހަރާން ފަިސާ ހޯއްދަވާނެ ލާދީނީ ބޭފުޅެއް ނޫންކަން އިލްޔާސްގެ ގަމާރުކަމުން ނޭނގުމަކީ ޑރ. މުހިއްޒުގެ ކުށެއް ނޫން. ގަމާރަސް ހަސަދަވެރިވިޔަސް ތީ ދެން ބޮޑުވަރު


11

ވަހީދާ

26-Jul-2020

އިލްޔާސްލަބީބަށް މުއިއްޒު އާ އޭނާގެއާއިލާ ނޭގުނަސް މާފަންނުގައިދިރިއުޅޭގިނަބަޔަކަށް އެގޭނެ. ތަންދޮރުނުބަލާއެހެންމީހުންނަށްވަގަށް ގޮވުމުގެއާދަދޫކޮށްލާފަތިމާގެއަމިއްލަކަންތައް ތަކާވިސްނާލުންރަގަޅުވާނެ,. މުއިއްޒުގެބައްޕަ އަދާކުރެއްވިސަރުކާރުގެވަޒީފާތަކާއަމިއްލަތަނަވަސްކަމަށްހިންގެވިގެސްޓްހައުސްއާއަދިމަންމަގެއާޢިލާ ރަގަޅަށްއޮޅުންފިލުވާލާފަތި ބޭކާރު ވާހަކަތަށްދެއްކުންބުއްދިވެރިވާނެ.


3

ގުދޯގުދޯ

26-Jul-2020

ޑރ. މުޢިއްޒުގެ ބައްޕަ އަކީ ކާކުކަން އަދި އެ ބޭފުޅާގެ ތަނަވަސްކަން ހުރީ ކިހާ މިންވަރަކަށްކަން, ތަނަވަސްކަމުގައި ދެމިހުރީ ކިހާ މުއްދަތަކަށްކަން,, ތިބީ ކިތައް ދަރިންކަން މި ރީނދޫ ބައްޑާ އަށް އެނގޭބާ!


0

ޅަބީބީ

25-Jul-2020

އިލްޔާސް ލަބީބުމެން ބޭނުންވަނީ އަބަދު ފައިސާ އޮހިއޮހި އޮން ދިމާއެއްގައި އަބގަހުޅުވައިން އޮންނަން. ހަލާލު ކަމެއްކޮށްގެން ފައިސާހޯދާކަށް ނޭންގޭ! އިލޔާސް ޅަބީބީމެން ހިތަށް އަރާއިރަށް އުނގު ފުރެންޖެހޭ ޑޮލަރުން. ބަލަ ވަޒީފާ ދޫކޮށްލާފަ ރަށަށްގޮސް ރަށުގޭގެ ކޮޓަރިން ޑޮލަރުލިބޭ ގޮތް ނިކަން ހަދާލަބަލަ! ކީކުރަންތަ މީހުންކައިރި އަހަނީ? މުއިއްޒު ނުބުނާތި!


4

ދަވާލި19

25-Jul-2020

2008ވަނައަހަރު އިލްޔާސުފައިސާ ހޯދީ ކިހިނެއް މެގަޗިޕް ކިޔާ ފިހާރައެއް ހުޅުވާލީ ކިހިނެއް ކަލޯ އެހެންމީހުންގެ ވިޔާނުދާކަމުގެ ވާހަކަ ކަލޯއާ މަށާ ދެމީހުނަނަކަށް ނުދެއްކޭނެ އެއީ މަމެން ދެމީހުންނަކީ ނަޒާހައްތެރި ދެމީހުންނައްނުވާތީ


11

އަބްދުއްލަޠީފު

25-Jul-2020

އިލްޔާސް ލަބީބު ކޮމްޕިއުޓަރު ވިއްކައިގެން ދޯ ތިހުރިހާ ފައިސާހޯދީ? އެހެން މީހުންގެ ވާހަކަ ދައްކަން ލަދެެއްވެސް ނުގަނޭދޯ? ސާކު ސަމިޓް އައްޑޫގަ ބާއްވައިގެން އެންމެ ގިނަ ރިޝްވަތުފައިސާ އައްޑޫއިން ލިބުނީ ތި ޢާއިލާއަށް, އެހެންނު. އެމްއެމް އެކްސްޕޯރޓް އިންޑިޔާ އަށް ކޮންސަލްޓަންޓް ކަން ދީގެން ލިބުނު ކަޓު ކިޔާނެ ކަމެއްނެތް. މިކަހަލަ ކިތައްމެ ޖަރީމާ އެއް ހިންގާފަ ހުރީ. އިލްޔާސުގެ މަގާމުގެ ނުފޫޒުން ބޭބެ އަށް ސަދަން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަން ހޯދައިދީގެން ހުރިހާ ކަޓެއް ނެގީމެންނުދޯ?


-6

އަންނި

24-Jul-2020

ގެ ހަދަނީ ލޯނު ނަގައިގެން . އިސްލާމިކް ބެންކަށް ދޭބަލަ އޭރުން ސާފުވާނެ


-3

ހައްސާން

24-Jul-2020

އެންމެންނަކު އިލިޔާސް ލަބިބުމެން އުޅޭހެން އުޅޭނެ ކަމަށް ދެކުމަކިވެސް ގޯހެއް....



ޓްރެންޑިން