އަހުމަދު މަސްނޫމް   12 ޑިސެމްބަރު 2023 - 5:43
ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ޕީޕީއެމުން ވަކިވެއްޖެއެވެ.

ނާސިފް ނެރުނު ބަޔާނެއްގައި ބުނީ މި ވެރިކަމަކީ ރައްޔިތުންނަށް އެތައް ވައުދުތަކެއްވުމަށްފަހު ޕީޕީއެމް ޕީއެންސީއަށް ލިބުނު ވެރިކަމެއްކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ގޯސްކޮށް ކުރި ކަންކަން ރަނގަޅުކުރުމާއި ރައީސް ޔާމީން މިނިވަންކުރުމާއި ބޭރުގެ ސިފައިން ބޭލުމަކީ މިއަދުގެ ސަރުކާރުން ވެރިކަމަށް އައިއިރު ވައުދުވި ކަންކަންކަމަށާއި، ނަމަވެސް ފެންނަމުންދަނީ ތަފާތު ބަހަނާތައް ދައްކަމުން އެކަންކަން ނުކުރަން އުޅޭ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

ނާސިފްގެ ބަޔާނުގައި ބުނީ މިއަދުގެ ސަރުކާރު ފެންނަނީ ހަރާބުގެ މަގު އިހްތިޔާރުކޮށްގެން ކުރިއަށްދާ މަންޒަރުކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރާ ޕާޓީއެއްގައި ހުރުމަކީ ރައްޔިތުންގެ އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުރި މީހެއްގެ ހައިސިއްޔަތުން ގަބޫލު ކުރެވޭކަމަކަށް ނުވާތީ ޕާޓީގެ ސެނެޓް މެމްބަރުކަމުން އަދި ޕާޓީގެ މެމްބަރުކަމުން އިސްތިޢުފާދެއްވާކަމަށް އެ ބަޔާނުގައިވެއެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން އެ ޕާޓީން ވަކިވާން ފަށާފައި މިވަނީ އެ ޕާޓީގެ ކުރީގެ ލީޑަރު، ރައީސް ޔާމީން އެ ޕާޓީން ވަކިވެ ވަޑައިގެން، ޕީއެންއެފް ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ވައްލަ

16-Dec-2023

ވަކިވެގެންވާނެ މޮޅެއް ނެތް. ތިޔަ އެޅީ ޅަ އެއްޗެއް.



ފަހުގެ ލިޔުންތައް

ޓްރެންޑިން