އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ޢަހްމަދު ނަޞީރު، މުސްތަރީގެ، ކ. މާފުށި، އަދި އަޙްމަދު މުނައްވަރު، ދަފްތަރު ނަންބަރު ރސ 99031 އެވެ.

މަގާމަށް ޢައްޔަނުކުރެއްވި މިދެބޭފުުންނަށް މަގާމުގެ ފަތްކޮޅު މިއަދު ވަނީ ދެއްވާފައެވެ. މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ދެބޭފުޅުން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ. އަދި، ދެ ބޭފުޅުންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން