އަހުމަދު މަސްނޫމް   12 ޑިސެމްބަރު 2023 - 21:46
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ފާތިމަތު ސައުދާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރަން ނިންމައިފިއެވެ.

ރައީސް މުއިއްޒުގެ ކޮއްކޯފުޅު ސައުދާ ވާދަކުރުމަށް ނިންމަވާފައިވަނީ ފ. ނިލަންދޫ ދާއިރާއަށެވެ. އަދި އޭނާ ވަނީ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާރު ފޯމްވެސް ހުށަހަޅުއްވާފައެވެ.

ރައީސް މުއިއްޒުގެ ހަމައެކަނި ކޮއްކޯފުޅު ސައުދާއަކީ، ސައިކޮލޮޖީން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތުގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ސައުދާއަކީ މީގެކުރިން އަދާލަތު ޕާޓީގެ މެމްބަރުކަމާއި އެ ޕާޓީގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން