ފުލުހުންގެ އިދާރާގެ ވަކިވަކި ފުލުހުންތަކެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެކިއެކި ކަންކަމުގައި ރެއިޑްކޮށް، އެމެންބަރުންނަށް ވަރަށްބޮޑަށް ފާރަލަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދޮގުކުރައްވައިފިއެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ވަކިވަކި ފުލުހުންތަކެއް މެމްބަރުންނަށް ފާރަލުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ. ރައީސް ނަޝީދު މިވާހަކަ ދެއްކެވީ އޭރު މަޖިލީހުގައި ބަހުސް ކުރަމުން ގެންދިޔަ ފުލުހުންގެ ބިލާއި ގުޅުވައިގެންނެވެ.
"އަޅުގަނޑަށް ވަރަށް މައުލޫމާތު އެބަލިބޭ، ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ބޭފުޅުންކޮޅެއް، ވަކިވަކިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެކިއެކި ކަންކަން ރެއިޑްކުރުމަށް، ބެލުމަށް މަސައްކަތް ކުރަމުންދާކަމަށް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މިދަނީ މިތަނުގައި ފުލުހުންގެ ބިލަށް ބަހުސް ކުރަމުން. އެގިވަޑައިގަންނަވާނެ އެބިލްގެ ސަބަބުން ފުލުހުންގެ މުއައްސަސާ ވަރަށްބޮޑަށް ބަދަލުވެގެންދާނެ. އަދި ގިނަ ހެޔޮ އިސްލާހު އަންނާނެ. އަޅުގަނޑުމެން އެންމެން އެދެނީ ރަނގަޅު ފުލުހުންގެ މުވައްސާއެއް އޮތުމަށް" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ފުލުހުން ވަކިވަކި މެމްބަރުންނަށް ފާރަލާކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުން ދޮގުކުރައްވައި ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް ފާރަލުމަށް ފުލުހުން މަސައްކަތެއް ނުކުރައްވާ ކަމަށާއި، އެފަދަ ކަމެއް އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. މީގެއިތުރުން ރައީސް ނަޝީދު އެ ވާހަކަ ވިދާޅުވުމުގެކުރިންވެސް އަދި އޭގެ ފަހުން ވެސް އެފަދަ ކަމެއް ހިނގާފައި ނެވާކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މުވައްސަސާއާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި މިހާރު ކުރަމުންދާއިރު، މަޖިލީހުގައި މިހާރު އޮތް ފުލުހުންގެ ބިލާއިގުޅޭގޮތުން ގިނަބައެއްގެ ކަންބޮޑުވުން ތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. މިހާރު ބިލު އޮތްގޮތުން މަޖިލީޙުގެ 241 ކޮމިޓީއަށް ބޮޑެތި ބާރުތައްލިބި ފުލުހުންގެ އިދާރާއިން ކުރަމުންދާ ތަހުގީގްތަކާއި މުހިންމު ލިޔެކިޔުންތައް އެކޮމިޓީއާއި ހިއްސާކުރަންޖެހޭގޮތަށް ބިލުގައި އޮތުމުން ގިނަބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެ ބިލަށް މިހާރު ވަނީ ގިނަ އިސްލާހު ތަކެއް ހުށައެޅި އާންމުންގެ ޚިޔާލުވެސް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު