މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

ކަރެކްޝަނަލް ސަރވިސްއިން ބުނީ މިއަދު މަރުވެފައިވަނީ ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމުގައިވާ ޕީޓަރ ތޯމަސް ޑަސް (59 އަހަރު) ކަމަށެވެ.

ކަރެކްޝަނަލް ސަރވިސްއިން ވަނީ ޕީޓަރ ކުއްލިއަކަށް ހޭނެތިގެން ގޮޅީތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް، ސީޕީއާރް ދީފައެވެ. އަދި މާފުށީ މެޑިކަލް ސެންޓަރަށް ގެންގޮސް ބެލުމަށްފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ 16:01 ގައި އޭނާ ހިތްހުއްޓިގެން މަރުވިކަމަށް ކަނޑައަޅާފައެވެ.

މަރުވި ޕީޓަރ އަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޕީޓަރ ތޯމަސް ޑަސް މަރުވުމާ ގުޅިގެން ކަރެކްޝަންސް ސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން