ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ މި ސަރުކާރުން ދީފައިވާކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކަކީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 101.7 މިލިއަން ރުފިޔާ މި ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާކަމަށް ބުނެ ހަބަރުތައް ފަތުރަމުންދިޔަަނަމަވެސް އެ ފައިސާއަކީ އަދި މިހާތަނަށް ދޫކޮށްފައިވާ ނުވަތަ ޕޭމަންޓް ޕްރޮސެސްކޮށްފައިވާ ފައިސާއެއް ނޫންކަމަށެވެ.

"ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ފެންނަ އަދަދަކީ އިންޓަރަނޭޝަނަލް އާބިޓްރޭޝަންއަކާ ގުޅިގެން އެ "ޓްރާންސެކްޝަން" ޕަބްލިކް އެކައުންޓިންގ ސިސްޓަމްއަށް ޕޯސްޓްކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެއް." ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ 17 ނޮވެމްބަރު 2023 ގައި، މި ސަރުކާރު ހަވާލުވިއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ އިތުރުން އިންޓަރަނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ވަނީ ފައިސާ ދޫކުރުމަށް ނިންމާފައިކަމަށެވެ.

މީގެ ތެރޭގައި ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވާ ނިންމުންތައްވެސް ހިމެނޭކަމަށާއި އަދި ބައެއް ފަރާތްތަކަށް ބައެއް ސެޓްލްމަންޓްތަކުގެ ޕޭމަންޓްވެސް ވަނީ ހަދާފައިކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް މި ސަރުކާރު ހަވާލުވުމަށްފަހު ގެއްލުމުގެ ބަދަލު ނަގާދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީ އުވާލައި އެ ކޮމިޓީން ބެލި މައްސަލަތައް ބަންޑާރަނައިބުގެ ލަފައާއެކު އަލުން މުރާޖަޢާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށްވެސް ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން