އަހުމަދު މަސްނޫމް   13 ޑިސެމްބަރު 2023 - 2:35
ފީފާއިން އެފްއޭއެމަށް ތިން ލައްކަ ޑޮލަރު ދޭން ނިންމައި، އޭގެތެރެއިން ފުރަތަމަ އެއް ލައްކަ ޑޮލަރު ޖަމާކޮށްފިއެވެ.

މިއީ މުވައްޒަފުންނަށް މުސާރަ ދިނުން ފިޔަވައި، އެހެން ކަމަކަށް ފައިސާ ބޭނުން ނުކުރަން ޝަރުތުކޮށް ފީފާއިން ދިން ފައިސާއެކެވެ.

އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ ފީފާއިން ދިނުމަށް ހަމަޖެއްސި ފައިސާ ދޭނީ 3 ބަޔަކަށް ބަހާލައިގެންކަމަށާއި އޭގެ ތެރެއިން ފުރަތަމަ 100،000 ޑޮލަރު އެފްއޭއެމްގެ އެކައުންޓަށް ޖަމާވެފައިވާކަމަށެވެ. އޮފިޝަލް ވިދާޅުވީ ފީފާ އިން ދިން ފައިސާ އިން މުސާރަ ދިނުމަށް މިހާރު ބޭންކަށް ފޮނުވާފައިވާނެކަމަށެވެ.

އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ ފީފާއިން ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ ބާކީ ބައި ދޭނީ މުސާރަ ދިންކަމުގެ ލިޔުންތައް ފީފާއަށް ހުށަހެޅުމުންކަމަށް ފީފާއިން އަންގާފައިވާކަމަށެވެ.

އެފްއޭއެމްއަށް ފީފާއިން އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ އެ އިދާރާއަށް މާލީ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން އެފްއޭއެމްގެ ވެރިން އެތަނަށް ލިބޭ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމުގެ ތުހުމަތުތައްވެސް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން