އެމްއެންޑީއެފްގެ މޭޖަރ ޖެނެރެލް ރޭންކުގައި ތިއްބެވި 2 އޮފިސަރަކު ރިޓަޔަރކުރައްވައިފިއެވެ.

ސިފައިންގެ ހިދުމަތުން ރިޓަޔަރ ކުރެއްވި ދެ އޮފިސަރުންނަކީ މޭޖަރ ޖެނެރަލް ވައިޘް ވަޙީދުއާއި މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤްއެވެ.

މި ބޭފުޅުންގެ ތެރެއިން މޭޖަރ ޖެނެރަލް ވައިޘް ވަޙީދު ޝަރަފުވެރިކަމާއެކު ރީޓަޔަރކުރެއްވީ 34 އަހަރުގެ ހިދުމަތަށްފަހުކަމަށާއި އަދި މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤް ޝަރަފުވެރިކަމާއެކު ރީޓަޔަރކުރެއްވީ 33 އަހަރުގެ ހިދުމަތަށްފަހުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ބޭފުޅުން ރިޓަޔާކުރަން ނިންމެވި ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން