ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލު ކުރެވޭނީ ދިގު ދެމިގެންމިދާ ދަރަނި ނެގުމުގެ ސަގާފަތް ހުއްޓާލައިގެން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލު ވިދާޅުވެ ދެއްކެވި ވާހަތަކަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯއީސް އިން ބޭއްވި ވެބިނާގައި، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލު ވިދާޅުވީ މިދިޔަ 40 އަހަރުގެ ތެރޭގައި 16 "އިކޮނޮމިކް ޝޮކް" ކުރިމަތިވި ކަމަށެވެ. މިފަދަ ޝޮކްތަކުން އަރައިގަތުމަށްޓަކައި ކޮންމެ ފަހަރަކު ވެސް އެތައް މިލިއަން ޑޮލަރެއްގެ ލޯނު ބޭރުގެ މާލީ އިދާރާތަކުން ނަގާ ކަމަށާއި އެކަން އެގޮތަށް ކުރުމުގެ ސަބަބުން އިންތިހާއަށް ދަރަނި ބޮޑުވެފައިވާ ކަމަށެވެ.
މާލިއްޔަތު ބެލެހެއްޓުމުގައި ނުވަތަ ހަރަދުތައް މެނޭޖް ކުރުމުގައި ރަނގަޅު އުސޫލުތަކެއް ބޭނުންވާ އިރު މިދިޔަ 12 އަހަރުގައި އަބަދުވެސް ފެނުނީ އަހަރުން އަހަރަށް ދަރަނި ބޮޑުވަމުން ދިޔަތަން ކަމަށް ޖަލީލު ވިދާޅުވިއެވެ. ދަރަނި ކުޑަ ކުރުމަށްޓަކައި އެއްވެސް ވަރަކަށް ޕްލޭނެއް ހެދި، އެއަށް އަމަލު ކުރާ މަންޒަރެއް އެއްވެސް ސަރުކާރަކުން ނުފެންނަ ކަމަށް ޖަލީލު ވަނީ ވިދާޅުވެފައެވެ.
ޖަލީލުގެ މިވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު، އުނގޫފާރު ދާއިރާގެ މުހައްމަދު ވަހީދު ވިދާޅުވީ މިހާހިސާބަށް މި ގައުމުގެ ދަރަނިބޮޑުވުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންވާ ބޭފުޅުންގެ ތެރޭގައި ޖަލީލުވެސް ހިމެނި ވަޑައިގަންނަވާކަމަށެވެ.
"ލޯނު ނަގަމުން ނަގަމުން ގޮސް ދަރަނީގެ ބޮޑު ދަންތުރައެއްގައި ޤައުމު ޖެއްސި އިރު ސްޕެޝަލް އެޑްވައިޒަރު ކަމުގައި ހުންނެވި ބޭފުޅާ." ޖަލީލަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވިއެވެ.
މެމްބަރު ވަހީދުގެ ވާހަކަތަކަށް ތާއީދުކުރައްވައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ލޯނު ހޯދުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއްވި ބޭފުޅުން މިއަދު ޤައުމު ބޮޑު ބަލިމަޑުކަމެއްގައި ޖެހި ހާލަތު ގޯސްވުމުން ލޯނެއް ނެގުމާއި ދެކޮޅު ހެދުމަކީ ސުވާލު އުފެދޭކަމެއްކަމަށެވެ. އަދި އެއިރަކީ ލޯނުގެ މޫސުންކަމަށް ސިފަކުރައްވައި އޭނާ ވަނީ ޖަލީލަށް ރައްދު ދެއްވާފައެވެ.
ކޯވިޑް19އާއި ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއިއެކު އެކި ޤައުމުތަކުން ދަނީ އިޤްތިޞާދު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ގިނަ ޤައުމުތަކުން ބަރޯސާވަމުންދަނީ އެކުވެރި ޤައުމުތަކުގެ ދީލަތި އެހީތެރިކަމާއި ލޯނުތަކަށެވެ. މިސަރުކާރުންވަނީ ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ބޮޑު އެހީތެރިކަމެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު