ވައިޒް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު ޢައްޔަންކުރައްވައިފިއެވެ.

1988 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ 35 އަހަރަށްވުރެ ދިގު އިޚްލާޞްތެރި އަސްކަރީ ޚިދުމަތުގައި މިހާތަނަށް ވަނީ އެމްއެންޑީއެފްގެ ވަރަށް ގިނަ ކޮމާންޑް އަދި ސްޓާފް އެޕޮއިންޓްމަންޓްތަކެއް ފުރުއްވާފައެވެ.



ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އިބްރާހީމް ޙިލްމީ ހުންނެވީ ކޯސްޓްގާޑުގެ ކޮމާންޑެންޓްގެ މަޤާމުގައެވެ. އިބްރާހީމް ޙިލްމީ ވަނީ ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން (ޑައިޓް) ގެ ކޮމާންޑިންގ އޮފިސަރުކަމާއި، ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓް (J5/J8) ގެ ޕްރިންސިޕަލް ޑައިރެކްޓަރުކަމާއި، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީއައިޑީސީ) ގެ ޕްރިންސިޕަލް ޑައިރެކްޓަރކަމާއި، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ކޮމާންޑަރކަމުގެ އިތުރަށް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރކަން އަދާކުރައްވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖެއިން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަ ޑިފެންސް އެޑްވައިޒަރގެ މަޤާމުގައި ހުންނެވިއިރު، ދެ ޤައުމުގެ ދެމެދުގައި ބައިލޭޓަރަލް ޑިފެންސް ކޯޕަރޭޝަން އިތުރަށް ހަރުދަނާކުރުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް އިބްރާހީމް ޙިލްމީ ކޮށްދެއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން