ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ ކިރިޔާވެސް ކުލުނެއް ފުޓްބޯޅައަށް ހުރިނަމަ ރީތި ގޮތަކީ އިސްތިއުފާދެއްވުންކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަތު ތާރިޤް، ޓޮމް ވިދާޅުވެއްޖެއެވެ.

ބައްސާމަށް ފާޑު ވިދާޅުވެ ޓޮމް ވާހަކަ ދައްކަވާފައި މިވަނީ އެފްއޭއެމްގެ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާ މާލީ ބޮޑު އަނދަވަޅެއްގައި އޮތް ދަނޑިވަޅެއްގައެވެ. އަދި ކޮަރަޕްޝަންގެ ގިނަ ތުހުމަތުތަކެއްވެސް އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ކުރަމުންުނެވެ.

އެފްއޭއެމްގެ އޮތް އުނދަގޫ ހާލަތުން ނެގުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރަމުންދާއިރު، އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތާރިޤް (ޓޮމް) ގެންދަވަނީ އެފްއޭއެމްގެ ރައީސް ބައްސާމް މަޤާމުން ދުރުކުރަން މަސައްކަތް ކުރަމުންނެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ތާރިގް ވިދާޅުވީ އެފްއޭއެމްގެ ރައީސް ބައްސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ އިސްތިއުފާދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައްސާމް ވަކިކުރުމުގެ މައްސަލަ ކުރިއަށްދާއިރު، އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ތަހުޤީޤްކުރަމުންދާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. އަދި އެ މައްސަލަަތަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓްވެސް ވަނީ މިހާރު ހިފަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން