ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 5 ފަރާތުން ނަން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މެންދުރު ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު، މޭޔަރުކަމަށް ވާދަކުރުމަށް ފޯމް ހުށަހެޅީ 5 މީހުންކަމަށެވެ. ނަމަވެސް އެ މީހުންގެ ތަފްސީލް ހާމަކުރައްވާމާނީ ހޮނިހިރުދުވަހު ކެންޑިޑޭޓުންގެ ކެނޑިޑޭޓް ނަންބަރު ތަރުތީބުކުރުމަށް ބާއްވާ ގުރުއަތުލުމުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު މާލޭގެ މޭޔަރު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވަނީ އެމްޑީޕީ، ޕީއެންސީ އަދި ޑިމޮކްރެޓްސްގެ ކެނޑިޑޭޓުންނާއި އަމިއްލަ 2 ކެނޑިޑޭޓެކެވެ. އެއީ އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް، ޕީއެންސީގެ ފަރާތުން އާޒިމާ ޝަކޫރު، ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހުއެވެ. އަމިއްލަގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންނަކީ ކުރީގެ ސީޕީ ހުސައިން ވަހީދާއި އެމްޑީޕީއާއި އެމްޑީއޭގައި ހަރަކާތްތެރިވި ފުރަހަނި ޝުއައިބުއެވެ.

މާލޭ މޭޔަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން