ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ މަޤާމަށް އައްޔަންކޮށްފައިވަނީ ކާނަލް މުހައްމަދު ޖަމްޝާދުކަމަށެވެ. އެ މަގާމަށް އޭނާ ހަމަޖެއްސެވިކަމުގެ ލިޔުން ހަވާލު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުލްލަތީފެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަަރަކަށް އެންމެފަހުން ހުންނެވީ ކާނަލް އަޙްމަދު ޠާހިރުއެވެ. އޭނާ މިހާރު އައްޔަންކޮށްފައިވާ މަޤާމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ސިފައިންގެ އެންމެ އިސް މަޤާމުތަކަށް ވަނީ ބަދަލުތައް ގެންނަވާފައެވެ. އެގޮތުން ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން