ހުޅުމާލޭގެ ދެވަނަ ފިޔާމަވަހީގައި ހިމާރާތް ކޮށްފައިވާ ފްލެޓް އިމާރާތްތަކެއް
ހުޅުމާލޭގެ ދެވަނަ ފިޔާމަވަހީގައި ހިމާރާތް ކޮށްފައިވާ ފްލެޓް އިމާރާތްތަކެއް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން އުޅޭކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިރޭ ވިދާޅުވެއްޖެއެވެެ.

ފަޒުލް މިހެން ވިދާޅުވީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީން ދިފައިވާ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން ޕްލޭން ކުރަމުންދާ ކަމަށް ބުނެ ޝޯޝަލް މީޑިޔާގައި އަޑު ފެތުރުމާއި ގުޅިގެންނެވެ. އެކަން ދޮގުކުރައްވައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިރޭ ވިދާޅުވީ ހުޅުމާލެ އިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރު ފަޅަށް ބަދަލު ކުރި ކަމަށް ބުނެ ދެކެވެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.



ފަޒުލް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމާ ގުޅޭ ގޮތުން އާބަންކޯ އިން އެކި ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގުމަށް ރާވާފައިވަނީ ފުށިދިއްގަރު ފަޅުގައެވެ. އެގޮތުން ފުށިދިއްގަރު ފަޅުގައި 65،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ މެނިފެސްޓޯގައި ހިމަނާފައެވެ. އެމަޝްރޫއު ހިންގުމަށް ބަޖެޓްގައި 400 މިލިއަން ރުފިޔާ ހިމަނާފައިވަނިކޮށް އެ ފައިސާ ބަޖެޓް ކޮމެޓީން މިހާރު ވަނީ އުނިކޮށްފައެވެ.

ރައީސް މުޢިއްޒުގެ މެނިފެސްޓޯގައިވާ ގޮތުން ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައި އެ ތަނުން 11،900 އަށް ވުރެ ގިނަ ގޯތި ކަނޑައިދީ 26،000 ފްލެޓް އިމާރާތް ކުރާ ގޮތަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން