އިންޑިއާއާއިއެކު ހަދާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުން އައު ނުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ އަންނަ އަހަރުގެ ޖޫން 7ގައި ހަމަވާ އެ އެއްބަސްވުން އައު ނުކުރާނެ ކަން އިންޑިއާއަށް އަންގާފައިވާނެ ކަމަށެވެ. މިއީ އިންޑިއާގެ ނޭޝަނަލް ހައިޑްރޮގްރެފިކް އޮފީހާ ގުޅިގެން 2007 ވަނަ އަހަރުން ފެށި ސަރވޭއެކެވެ.

ޖޮއިންޓް ހައިޑްރޮގްރަފިކް ސާވޭއެއް ރާއްޖޭގައި އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ 2021 ވަނަ އަހަރުއެވެ. ޖޮއިންޓް ހައިޑްރޮގްރެފިކްގެ ދެވަނަ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ 2022 ވަނަ އަހަރު މާޗް މަހުން ފެށިގެން މެއި މަހާއި ހަމައަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ މި އެއްބަސްވުމަކީ ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރެވިފައިވާ މަޝްވަރާތަކެއްގެ މައްޗަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ. އެހެން ނަމަވެސް، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިދްފާ ނައީމް ވިދާޅުވީ މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ 2019 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެން ސޮއިކުރެއްވި އެއްބަސްވުމެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތަކަކީ ހަމައެކަނި ދިވެހިންނަށް އެނގެންޖެހޭ ކަމެއް ކަމަށް ޤަބޫލުފުޅުކުރައްވާތީ ޑރ. މުޙައްމަދު މުޢިއްޒު މި ނިންމެވުން ނިންމެވީ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން