ދަރިމައިނުވުމުގެ މައްސަލައަށް ވަކި އުސޫލެއް ހަދަންޖެހޭ ގޮތަށް އާސަންދަ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

"ހުސްނުވާ އާސަންދަ ހިންގުމުގެ ގަވައިދު" އަށް، އެ ސްކީމް މެނޭޖްކުރާ އެންސްޕާއިން ގެނެސްފައިވަނީ މައިގަނޑު ދެ ބަދަލެކެވެ. އާސަންދައިން ކަވަރުނުކުރާ ހިދުމަތްތަކުން، "ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ" ވަކިކުރުމާއެކު، އިތުރުކުރި ދެ މާއްދާގައި ވަނީ، އިންފާޓިލިޓީއާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭންވާނީ އެކަމަށް ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ.

ފާޓިލިޓީ ކެއާ އަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގެ ފަންޑެއް އަންނަ އަހަރު ގާއިމްކުރަން ނިންމާފައިވާކަމަށް މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނި އިޢުލާންކުރައްވާފައެވެ.

ދަރިމައިވުމުގެ ފަރުވާތައް ހަރުދަނާކުރުމުގެ ގޮތުން އައިވީއެފްއާއި އަންހެނުންގެ ބަލިތަކަށް އާސަންދަ ނިޒާމުގެ ތެރެއިން ހިލޭ ބޭސްފަރުވާ ހޯދާދިނުމަކީ ހަފްތާ 14ގެ ތެރޭގައި މި ސަރުކާރުން އެކުލަވާލާފައިވާ މަސައްކަތްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން