އަންނަ ހަފްތާއިން ފެށިގެން އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕްގެ ޚިދުމަތް ލިބެންފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް މިއަދު ވިދާޅުވީ، މެޑިކަލް ޗެކަޕަށް ތަފާތު ޕެކޭޖްތައް ތައާރަފްކުރާނެ ކަމަށެވެ. ރައީސް އޮފީހުން މި މަޢުލޫމާތުތައް ހާމަކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފުރިހަމަކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން 4 ހަފްތާގެ ތެރޭގައި ފުރިހަމަވެފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ޚިދުމަތް ލިބޭނީ ސަރުކާރުގެ ހޮސްޕިޓަލުތަކުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ވަކި ވަކި އުމުރު ފުރާތަކަށްވެސް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރެވިގެންދާނެ، އަދި 2024ވަނަ އަހަރު ފުރަތަމަ ކުއާޓަރ ދެވަނަ ކުއާޓަރއިން ފެށިގެން މި ޕެކޭޖްތައް ފުޅާކުރެވި، ގިނަ ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ،" ފިރުޒުލް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ އަންހެނުންނަށް ދިމާވާ ދަރިމައިވުމުގެ ސިއްހީ މައްސަލަތަކާއި އަންހެނުންގެ ތަފާތު ބަލިތަކަށް އާސަންދައިގެ ދަށުން ހިލޭ ބޭސްފަރުވާ ލިބޭނެ ގޮތަށް ނިންމާފައެވެ. އެއާއެކު، ސިއްޙީ ޚިދުމަތްތެރިންނާއި ޢާންމުންގެ ތެރޭގައި އެކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން