ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލި ދައްކަން ފަށާ ތާރީޙު އެއް އަހަރަށް ފަސްކޮށްފިއެވެ.

ރައީސް އޮފީހުން މިކަން ހާމަކުރީ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ހަތަރު ހަފުތާ ފުރުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ ފުލުހުންގެ ބޯހިޔާވަހިކަމަށް އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ މަސައްކަތް އާ އަހަރު ފެށެންވާއިރަށް ނިންމައިލެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށެވެ.

ފުލުހުންގެ ފްލެޓްތައް އިމާރާތްކުރުމަށް ޕޮލިސް ކޯޕަރޭޓިވް، ޕްލޮކޯއާއި ހަވާލުކުރީ 2012 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް، މަސައްކަތް ލަސްވެ، އެ އިމާރާތްތަކުގެ މަސައްކަތް އަދިއަދަށްވެސް ނިންމިފައެއް ނުވެއެވެ.

އެހެން ނަމަވެސް، ސިފައިންނަށް ޚާއްސަކޮށް އިމާރާތްކޮށްފައިވާ ސިފްކޯ ހިޔާގެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ނިމިދިޔަ ސެޕްޓެމްބަރު މަހުގައި ވަނީ ކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން