މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 16 އިން ފެށިގެން ނޮވެމްބަރ 5 އާއި ހަމައަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތައް މަޢާފްކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިކަން ހާމަކުރެއްވީ އައު ސަރުކާރުގެ 4 ހަފްތާތެރޭގައި ކުރެވިފައިވާ ކަންތައްތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޕާކިން ޖޫރިމަނާތައް މިއަދުން ފެށިގެން މަޢާފްކޮށްވާފައިވާއިރު އެމުއްދަތުގައި ޤަވާއިދާއި ޚިލާފަށް ޕާކްކުރުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާތަކުގެ އަދަދު 2.8 މިލިއަން ރުފިޔާއަށް އަރައެވެ.

"ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސްގެ ވަޢުދުފުޅެއް އެއީ މިހުރިހާ ޖޫރިމަނާތައް މަޢާފު ކޮށްދިނުން" ފިރުޒުލް ވިދާޅުވިއެވެ.

ޕާކް ކުރާނެ ތަނެއް ނުދައްކާ ޕާކިން ސްޓިކާ ނިމިދިޔަ ސަރުކާރުން ޖަހަމުންދިޔަަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ޕާކިން ޖޫރިމަނާތައް މަޢާފުކުރުމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ. އެއާއެކު، މާލޭގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަށް އާ ޕާކިން އިމާރާތްތަކެއް އެޅުމަށް މި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ސަރުކާރުން މިއަދު ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން