މާދަމާ ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލެ އިންޖީނުގޭގައި ކޮންމެހެން ކުރަން ޖެހޭ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތެއް މާދަމާ ހެނދުނު 6:30 ން 9:30 އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.



މި މަސައްކަތް ކުރަންޖެހޭތީ މާދަމާ ހެނދުނު 6:30 އާއި 9:30 އާ ދެމެދު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ މިކަމުން ކަސްޓަމަރުންނަށް ދިމާވެދާނެ ދައްޗަކަށްޓަކައި މަޢާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން