ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެފަހުން ހުންނެވި ކުރީގެ ކޮމިޝަނަރ މުހައްމަދު ހަމީދު ރިޓަޔަރކުރެއްވުމުންނެވެ.

އޭގެފަހުން އެކްޓިންގ ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރި އޭސީޕީ އަބްދުލް މަންނާނުވެސް ވަނީ މަގާމުން ރިޓަޔަރކުރައްވާފައެވެ.

ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުން އެ ކަމަށް އެދި ހުށަހަޅަން ހުޅުވާލާފައިވާ ކަަމަށެވެ. އަދި އެކަމަށް އެދި "ލެޓާ އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް މިނިސްޓްރީން ބުނެއެވެ.

ޤާނޫނުގައި ބުނާ ގޮތުގައި ސީޕީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލުކަން ވަޒަން ކުރުމަށްފަހުއެވެ. އަދި ޕޮލިސް ބޯޑުން ވަޒަންކޮށް، ނަންތައް ހުށަހެޅުމުން ސީޕީގެ މަގާމަށް މިނިސްޓަރުގެ ލަފާގެ މަތިން ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން