ރައީސް އޮފީހުގެ އިސް މަގާމަކަށް މޭޖާ ޖެނެރަލް ރިޓަޔާޑް ހާމިދު ޝަފީގު އައްޔަން ކުރައްވައިފިއެވެ.

ހާމިދު އައްޔަންކޮށްފައި ވަނީ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމަށެވެ. އަދި އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައެވެ.

އެމްއެންޑީއެފްއަށް 33 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ސިފައިންގެ ވަޒީފާއިން ހާމިދު ވަނީ އަންގާރަދުވަހު ރިޓަޔަރކުރައްވާފައެވެ.

މޭޖަރ ޖެނެރަލް ޙާމިދު ޝަފީގު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވިއިރު ހުންނެވީ އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓްގެ މަޤާމުގައެވެ. މޭޖަރ ޖެނެރަލް ޙާމިދު ޝަފީގު އެ މަޤާމަށް އައްޔަން ކުރެއްވީ 07 ޖުލައި 2019 ގައެވެ.



މޭޖަރ ޖެނެރަލް ޙާމިދު ޝަފީގުގެ ދިގު އަސްކަރީ ޚިދުމަތުގައި، އެމްއެންޑީއެފްގެ ޑައިރެކްޓަރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގް (J3/J7) ގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓުކަމާއި، އެމްއެންޑީއެފް މާލެ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުކަމާއި، ކަޅުތުއްކަލާކޮށީގެ ކޮމާންޑަރުކަން ކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން