ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް 10 ހާސް މެމްބަރުން ހަމަކޮށް، ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓަށް އަރައިފިއެވެ.

ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޢަދަދަށް މެންބަރުން ހަމަވެފައިވާ ޕާޓީތައް ހާމަކޮށްފައެވެ. އެގޮތުން 6 ސިޔާސީ ޕާޓީއެއްގައި 10 ހާސް މެމްބަރުން ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.



ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 2024 ވަނައަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމަޔަށް ދިހަހާސް މެންބަރުން ހަމަވާ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، އެމްޑީއޭ އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީކަމަށެވެ.

ރާއްޖޭގައި ގާއިމްކޮށްފައިވާ ޕާޓީތަކުގެ ތެރެއިން މި ލިސްޓުގައި ނުހިމެނެނީ އެމްއެންޕީ، އެމްޓީޑީ، އެމްއާރުއެމް އަދި ދަ ޑިމޮކްރެޓްސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން