ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާއި ހަވާލުވެވަޑައިގަތްފަހުން އިސްލާމީ ދާއިރާއިން ރާއްޖޭގައި އިންގިލާބެއް ގެނެސްދެއްވައިފި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ 17 ނޮވެމްބަރުން ފެށިގެން މިއަދާއި ހަމައަށް މި ސަރުކާރުން އިސްލާމީ ދާއިރާއަށް އިންގިލާބެއް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 1000 މީހުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވުމަށް ކަނޑައެޅުމާއި އުތުރާއި ދެކުނުގައި އިސްލާމިކް ޔުނިވާސިޓީގެ ކޭމްޕަސް ގާއިމުކުރުމާއި ޒަކާތް ހައުސް އުފެއްދެވުން ފަދަ ކަންތައްތައް ކުރެވިފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.



މިހާރު ސަރުކާރުން ވަނީ މިސްކިތްތަކާއި ބެހޭ މަޖިލީހާއި ވަގްފްގެ ގިނަ މަޝްރޫޢުތަކެއް ހިންގަންވެސް މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން