އަހުމަދު މަސްނޫމް   15 ޑިސެމްބަރު 2023 - 22:21
މާލެ ސިޓީގެ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އަންނަމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އިންތިޒާމްކުރަނީ ދައުލަތުގެ މީޑިއާއިންނެވެ.

މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަކީ ޕީއެންސީގެ ފަރާތުން އައިޝަތު ޢާޒިމާ ޝަކޫރު، އެމްޑީޕީގެ ފަރާތުން އާދަމް ޢާޒިމް، ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހު، އަދި އަމިއްލަގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުންކަމަށްވާ ޙުސައިން ވަހީދާއި ޝުޢައިބު ޢަލީއެވެ.

އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ކެންޑިޑޭޓުންނަށް ބަހުސްގައި ފުރުސަތު އަރުވާނެ ތަރުތީބު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ އަންނަ ހަފްތާގައިކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ.

މާލެ ސިޓީއަށް މޭޔަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

މާލޭ މޭޔަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން