ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދެފުއްފެންނަ ވެރިކަމެއް ކުރައްވާ ރައީސެއް ކަމުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ރައީސް މުޢިއްޒަށް ތަޢުރީފު ކުރައްވައި ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ފުރަތަމަ ރަސްމީ ދެ ދަތުރުފުޅަށް ދިޔަ ޚަރަދުތައް ތަފްސީލުކޮށް ޢާންމުކުރެއްވުމާއި ގުޅިގެންނެވެ.



ރައްޔިތުންނަށް ދެފުއް ފެންނަ ވެރިކަމެއް ކުރައްވާނެ ކަމަށް ކެންޕެއިންގައި ރައީސް މުޢިއްޒު ވިދާޅުވީ އެ ހެޔޮނިޔަތާވެސް އެކުގައިކަން މިފަދަ އަމަލުފުޅުތަކުން އެނގިގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ދެފުއްފެންނަ ހާމަކަންބޮޑު ވެެރިކަމަކީ ރައްޔިތުން އެންމެ އެދޭ ވެރިކަން ކަމަށާއި އެފަދަ ވެެރިންނަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން