ސަރުކާރު ހިންގާ މައި ޕާޓީ ޕީޕިއެމް/ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރަން 354 މެންބަރުން ފޯމް ހުށަހަޅައިފިއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ޕީޕިއެމް-ޕީއެންސީ ކޯލިޝަނުން މިރޭ ބުނީ އެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން މިހާތަނަށް 354 މެންބަރުން ވަނީ އެކި ދާއިރާތަކަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޕިއެމް-ޕީއެންސީ ކޯލިޝަނުން ބުނީ އޭގެތެރެއިން ބައެއް ބޭފުޅުން ވަނީ ޕްރައިމަރީއަކާނުލައި ޕާޓީ ޓިކެޓް ހާސިލްކޮށްފައި ކަމަށެވެ. އެބޭފުޅުންނަށް ޕްރައިމަރީއަކާނުލައި ޕާޓީ ޓިކެޓް ކަށަވަރުވީ އެ ދާއިރާތަކަށް އެހެން ބޭފުޅަކު ކުރިމަތިނުލާތީ ކަމަށް އެކޯލިޝަނުން ބުނެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ހިމެނޭ ކޯލިޝަނުން ބުނީ 10 ދާއިރާއަކަށް ވާދަކުރުމަށް ފޯމު ހުށައެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، އެފަރާތްތަކަށް ޓިކެޓު ކަށަވަރުވެފައިވާ ކަމަށެވެ. އަދި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ނަގަމުންދާތީ އެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން