ސައުދީ އަރަބިއްޔާއާއި ރާއްޖޭގެ ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އަބްދުﷲ، އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރ މުހައްމަދު ސައީދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އިކޮނޮމިކް މިނިސްޓަރ އަރިހަށް ސައުދީ ސަފީރު ކުރެއްވި އިހްތިރާމްގެ ޒިޔާރަތް އޮތީ މިދިޔަ ބުދަ ދުވަހު މިނިސްޓްރީގައެވެ.



މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ސައީދު ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. އެގޮތުން ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްޤީގެ ގިނަ މަސައްކަތްތަކެއްގައި އެ ޤައުމުގެ ފަރާތުން ގެންދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އަދި އިތުރު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށްވެސް އެ ޤައުމާއެކު ދަނީ މަޝްވަރާކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން