ރައްޔިތުންގެ މަޖިލީހުން ބަޣާވާތެއް ގެނެސް، ރައްޔިތުންގެ އިޙްސާސްތަކުގައި ކޮޅިފައިން ނުޖަހާނެކަމަށް އުންމީދުކުރައްވާކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ޤަވާއިދަށް ބަދަލުތަކެއް ގެނެސް، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

ޒައިދު ވިދާޅުވީ 5 އަހަރުން އެއްފަހަރު ހުރިހާ ރައްޔިތުން ނުކުމެ ވެރިޔަކު ހޮވަނީ ޖެހިގެން އަންނަދުވަހު، ދައުރު ހަމަވާން ގާތްވެފައިވާ މަޖިލިސްއަކުން ބައެއް ބާރުތައް ނަހަމަގޮތުގައި ހިފައި، ވެރިކަން ވައްޓާލާކަށް ނޫންކަމަށެވެ. އަދި މިހާރުވެސް ވަރަށް ބޮޑެތި ހެޔޮ ބަދަލުތައް ޑރ. މުޢިއްޒު ގެންނަވައިފިކަމަށާއި އެކަންކަން ބަލައިގަންނަންޖެހޭ ކަމަށް ޒައިދު ވިދާޅުވިއެވެ.

"މަޖިލިސްއިން ބަޣާވާތެއް ގެނެސް، އެމް.ޑީ.ޕީ މެންބަރުން ރައްޔިތުންގެ އިޙްސާސްތަކުގައި ކޮޅިފައިން ނުޖަހާނެކަމަށް އުންމީދުކުރަަން." ޒައިދު ވިދާޅުވިއެެވެ.



މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބެލުމަށް މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ނިންމާފައެވެ. ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދު ކަމަށްވާ 87 މެންބަރުންނެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މަޖިލީހުގެ މިހާރު ގާނޫނީ އަދަދަކީ 80 މެންބަރުންގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި އޭނާ އާންމު ކޮމެޓީއަށް ހުށައެޅި އިސްލާހު މިހާރު ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން