ވައްކަމުގެ މައްސަލައެއްގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި މީހެެއްގެ އަތަށް ފުލުހުން ކޯޓު އަމުރު ނުދޭކަމަށް ބުނެ އެމީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ވައްކަމުގެ މައްސަލައެއްގައި މިއަދު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހާ ދޫކޮށްލުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ ފުލުހުން އެމީހާ ހުއްޓުވައި ހައްޔަރުކޮށް ގާނޫނީ އިންޒާރު ދީފައިވަނީ ފޯނުން ކޯޓު އަމުރު ދެެއްކުމަށް ފަހު ކަމަށާއި، ކޯޓު އަމުރުގެ ކޮޕީ އެެއް އެމީހާ އަށް ފުލުހުން ދީފައިވަނީ އޭގެފަހުން ކަމަށް އެނގެން އެބައޮތް ކަމަށެވެ.

އެގޮތުން މުރަނގަމަގު ބީޖީ ގަރާޖު ކައިރިން އެމީހާ ދަނިކޮށް އެމީހާ އަކީ ކޯޓް އަމުރެއްގެ ދަށުން ހޯދާ މީހެއް ކަމަށް ފުލުހުންނަށް އެނގުމުން ޕޮލިސް ސްޓޭޝަނަށް ޓޯކީން ގޮވުމަށްފަހު ކޯޓް އަމުރު ޕްރިންޓްކޮށްގެން ގެނައުމަށް ބުނެފައިވާ ކަމަށް އެނގޭ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި އެމީހާ ހައްޔަރުކޮށް ގާނޫނީ އިންޒާރު ދިން އިރުވެސް އޭނާގެ އަތަށް ކޯޓް އަމުރު ދީފައިނުވާ ކަމާއި ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކޮށް ނިމުމާއި ހަމަޔަށް އެ އިޖުރާއަތް ފުލުހުންގެ ފަރާތުން ފުރިހަމަކޮށްފައިނުވާ ކަމަށާއި އެހެންކަމުން އެމީހާ ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށް އަމުރުގައި ބުނެފައިވެއެވެ.

"ކޯޓް އަމުރުގެ ޕްރިންޓެއް ނުލިބެނީސް ފޯނުން ކޯޓް އަމުރު ދައްކާ ހައްޔަރުކުރަން ޖެހޭ ސަބަބެއް ހުށައެޅިފައިވާ ލިޔުންތަކުން އެނގޭކަން ނެތެވެ." ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވި ނިންމެވުމުގައި ބުނެފައިވެެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން